މާވަށު ކައުންސިލާއި އ.ތ.މ ކޮމެޓީ ގުޅިގެން ތަރައްޤީކޮށްފައިވާ ތަނެއް
މާވަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ، ޚާއްޞަ މަޝްރޫޢެއްގެ ގޮތުގައި ހޭޅިފަންނު ބީޗް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ. މި މަޝްރޫޢަކީ 2022 ވަނަ އަހަރުން ފެށިގެން ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ރައްޔިތުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް މޫދަށް އެރި، ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކުރެވޭނެ ޒަމާނީ ފެންވަރުގެ ތަނެއްގެ ގޮތުގައި ހޭޅިފަންނު ބީޗް ތަރައްޤީކުރުމެވެ.