މާވަށު ސްކޫލްގެ ތަސައްވުރަކީ ތަރުބިއްޔަތުގެ ލާމަސީލު ސްކޫލަކަށް ވުން.
މާވަށު ސްކޫލްގެ ކޮންމެ ދަރިވަރަކީވެސް އިސްލާމީ ހިދާޔަތުގެ ތެރެއިން ފުރިހަމަ އަޚުލާޤަކާއެކު ދުނިޔެއަށް ލޯ ހުޅުވި އިލްމު ހޯދުމުގެ ރޫހު ހުރި ދަރިވަރަކަށް ހެދުމަށްޓަކައި އެންމެ އެކަށީގެންވާ ރައްކާތެރި އުފާވެރި އުނގެނުމަށްފަހި މާހައުލެއް އުފެއްދުން.
ކައުންސިލްގެ ތަފާސްހިސާބުތަކުން އެގޭގޮތުގައި، މާވަށު ސުކޫލުގެ ފުރަތަމަ ޢިމާރާތުގެ ބިންގާ އެޅީ 11 ނޮވެންބަރ 1986މ. ގައި ލ.އަތޮޅު އަތޮޅުވެރިޔާ އަލްފާޟިލް އިސްމާޢީލް ރަޝީދެވެ. ބިންގާ އެޅުއްވި ޢިމާރާތުގެ ބޮޑުމިނަކީ 37 ފޫޓް ، 28 ފޫޓް އެވެ. ޢިމާރާތުގެ މަސައްކަތް، 30 ޖެނުއަރީ 1988މ. ގައި ނިމި ޢިމާރާތް ހުޅުއްވާދެއްވީ މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަން އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ހަމީދެވެ. މަދަރުސާ ހުޅުއްވާދެއްވީ 7 ފެބްރުއަރީ 1988މ. ދުވަހުގެރޭ 9:00 ގައެވެ. މަދަރުސާގެ މަސައްކަތް ކޮށްފައިވަނީ ހިލޭސާބަހަށް މާވަށުގެ ރައްޔިތުން ނެވެ.
ފޯނު ނަންބަރު : (909) 621-4463 Email:admin@maavashuschool.gov.mv
ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ލ.މާވަށް، ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2014/01 މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން، ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ފަރާތުގެ މަޢުލޫމާތު ތިރީގައިމިވަނީއެވެ.
އ. ކައުންސިލް އޮފިސަރ
ފޯން:6800829
Copyright 2025 by MaavahCouncil ©