މާވަށު ހުކުރުމިސްކިތް

ހުކުރު މިސްކިތާއި ގުޅޭ މައުލޫމާތު

އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގެ 8ވަނަ އަހަރު ،މާލޭގެ ހުކުރު މިސްކިތް އަލުން ބިނާ ކުރެއްވި އެވެ. އެ މިސްކިތަކީ ރާއްޖެ އިސްލާމް ކުރެއްވުމަށްފަހު، ރާއްޖެ އިސްލާމް ކުރެއްވި ދަރުމަވަންތަ ރަސްގެފާނު ބިނާކުރައްވައި، އެއަށްފަހު، ޝިހާބުއްދީން ރަދުންގެ ރަސްކަމުގައި އެ މިސްކިތް  އާ ކުރައްވާފައިވާ މިސްކިތެކެވެ.

މުސްކުޅި ހުކުރުމިސްކިތް ހުރި ބިމުގައި މިއަދު ފެންނާން އެހުރި މާލޭ ހުކުރު މިސްކިތް، އިސްކަންދަރު ރަސްގެފާނު ބިނާކުރެއްވީ ހިރިގަލުންނެވެ. އެ މިސްކިތް ބިނާކުރައްވާ ނިންމެވީ އެރަދުންގެ ރަސްކަމުގެ 10ވަނަ އަހަރުއެވެ.

މިއީ” ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚު” މި ފޮތުގައި ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދުއަމީން ދޮށިމޭނާކިލޭގެފާނު ލިޔުއްވާފައިވާ ގޮތެވެ. ޝައްކެއްވެސް ނެތެވެ. މާލޭ ހުކުރު މިސްކިތަކީ އަހަރެމެން ހުރިހާ ދިވެހިންގެ ފަޚުރެވެ. އެއީ ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚު ދައްކުވައިދޭ އެންމެ ޚާއްސަ އެއް ބިނާއެވެ. އެ މިސްކިތުގައި ކޮށްފައިހުރި މަސައްކަތް ތަކަށް ބަލާއިރު، ދިވެހި ކާބަފައިންގެ މަސައްކަތްތެރި ކަމުގެ ހުނަރުވެރިކަން ، ދައްކުވައިދޭ ހެއްކެކެވެ. ޝައްކެއް ނެތް ގޮތުގައި މާލޭ ހުކުރު މިސްކިތް ބިނާކުރެއްވީ، އައްސުލްޠާނު އިބްރާހިމް އިސްކަންދަރު1 ނުވަތަ އިސްކަންދަރު ރަސްގެފާނެވެ. މިސްކިތް ބިނާކޮށް ނިމުނީ އެރަދުންގެ ރަސްކަމުގެ ދިހަވަނަ އަހަރުއެވެ. މިއީ ދިވެހިރާއްޖެ އިސްލާމް ވުމަށްފަހު ، ބިނާކުރި ފުރަތަމަ މިސްކިތް ހުރި ބިމުގައި ކުރީގައިހުރި މިސްކިތް ކުޑަވެގެން އެ މިސްކިތުގެ ބަދަލުގައި ބިނާކުރެވުނު މިސްކިތެކެވެ.