މި ރިޕޯޓަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނު ނަންބަރު 2010/7 ގެ 109ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ލިޔެވޭ މާވަށު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލު ރިޕޯރޓެވެ.
މިރިޕޯރޓްގައި ކައުންސިލްގެ ތަޞައްވުރާއި، ކައުންސިލްގެ މިޝަނާއި، ރަށުގެ ވަނަވަރު ހިމެނިފައިވާނެއެވެ. މީގެއިތުރުން އަހަރުގެ ތެރޭގައި ކައުންސިލުން ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމުތަކުގެ ނަތީޖާ ޙާޞިލުވި މިންވަރާއި، އެ ޕްރޮގްރާމުތަކުގެ ތަފްޞީލް އަދި ކައުންސިލްގެ މާލީ ހިސާބުތައް ހިމަނާލެވިފައިވާނެއެވެ.

