ކައުންސިލްގެ ޤުރްއާން މުބާރާތް 1447

ކައުންސިލްގެ ޤުރްއާން މުބާރާތް 1447

ތިރީގައި މިވަނީ މުބާރާތް ކުރިޔަށްދާނެ ގޮތުގެ ތަފްޞީލެވެ.

ކައުންސިލް ޤުރްއާން މުބާރާތުގެ ޤަވާޢިދު  2026

މިމުބާރާތަކީ ލ.މާވަށުގެ ހުރިހާ ޢުމުރު ފުރަޔަކަށް ހުޅުވާލައިގެން ސިލްސިލާކޮށް އަހަރަކު އެއްފަހަރު ބާއްވާ ޤުރްއާން މުބާރާތެކެވެ.

  1. މުބާރާތުގެ ނަން :

މި މުބާރާތުގެ ނަމަކީ “މާވަށު ކައުންސިލްގެ ޤުރްއާން މުބާރާތް 2026 ” އެވެ.

2. މުބާރާތުގެ މަޤުޞަދު:

(ހ) މާވަށު ރައްޔިތުންނަށް ޤުރުއާނުގެ ފަންނުވެރިކަން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުން.

(ށ) ރަށުފެންވަރުގައި ޤުރްއާނަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި، ފެތުރުމަށް މަސައްކަތް ކުރުން.

(ނ) ކީރިތި ޤުރްއާން ހިތުދަސް ކުރުމާއި ތަޖުވީދުމަގަށް ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުން.

(ރ) ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރު އެޅުމާއި ޤުރުއާން ރައްކާތެރި ކުރުމަށް މަސައްކަތް ކުރުން.

3- މުބާރާތުގައި ވާދަކުރާ ކެޓަގަރީތައް:

މި މުބާރާތް ކުރިޔަށް ދާނީ ދެބަޔަކަށެވެ. އެއީ ބަލައިގެން ކިޔުމުގެ ގޮތްޕާއި ނުބަލައި ކިޔުމުގެ ގޮތްޕެވެ.  ކިޔަވަންޖެހޭ މުޤައްރަރު ތިރީގައިވާ ޓޭބަލުގައި އެވަނީއެވެ.

ކެޓަގަރީބަލައިގެން ކިޔުންނުބަލައި ކިޔުން
ތުއްތު ކުދިންނަށް ޚާއްޞަ ބައިސޫރަތުލް ޢައުލާއިން ނާސިއަށްސޫރަތުއް ޟުޙާއިން ނާސިއަށް
9 އަހަރުންދަށް2 ފޮތް1 ފޮތް
11 އަހަރުންދަށް5 ފޮތް2 ފޮތް
13 އަހަރުންދަށް7 ފޮތް3 ފޮތް
16 އަހަރުންދަށް10 ފޮތް4 ފޮތް
18 އަހަރުންދަށް15 ފޮތް5 ފޮތް
18 އަހަރުންމަތި30 ފޮތް6 ފޮތް

ނޯޓް: ޢުމުރު ބަލާނީ 1 ޖެނުއަރީ 2026 އަށެވެ.

  • ނުބަލައި ކިޔުމުގެ ބަޔާއި އަދި ބަލައިގެން ކިޔުމުގެ ބައިގައި ވެސް މުޞްޙަފުން އެ ބައިވެރިޔަކު އިޚުތިޔާރުކުރާ  ކޮންމެ ވެސް އެއް ކޮޅަކުން (މުޞްޙަފު ފެށޭކޮޅުން ނުވަތަ ނިމޭކޮޅުން) ބައިވެރިވުމުގެ އިޚުތިޔާރު ބައިވެރިންނަށް ލިބިގެންވެއެވެ.
  • ނަމަވެސް ތުއްތުކުދިންގެ ބައިގައި ބައިވެރިވެވޭނީ ހަމައެކަނި މުޞްޙަފް ނިމޭކޮޅުން ކިޔަވާގޮތަށެވެ. އަދި މި ބައިގައި ބައިވެރިވެވޭނީ ޔޫ.ކޭ.ޖީ އިން ފެށިގެން ދަށުގެ އުމުރުގެ ކުދިންނަށެވެ.

4. މުބާރާތުގައި ބައިވެރިވުން:

މި މުބާރާތް އަމާޒުކޮށްފައިވަނީ މާވަށު ސުކޫލުގެ ދަރިވަރުންނާއި މާވަށުގެ ރައްޔިތުންނަށެވެ. އަދި އާންމުކޮށް މާވަށުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ޚާއްޞަ ފުރުޞަތެއް މިފަހަރު މިވަނީ ފަހިކުރެވިފައެވެ. އެގޮތުން މުބާރާތުގައި އަވަށްޓެރި ހިތަދޫ ، ކުނަހަންދޫ އަދި މާމެންދޫގެ ލޮބުވެތި ރައްޔިތުންނަށްވެސް ބައިވެރިވެވޭނެއެވެ.  މުބާރާތުގައި ބައިވެރިވެރިކުރާނީ، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ކައުންސިލުން  ހުޅުވާލުމުން ގޫގުލް ފޯމު މެދުވެރިކޮށެވެ.    

5. މުބާރާތުގެ ފަނޑިޔާރުން :

(ހ) މި މުބާރާތުގެ ފަޑިޔާރުންގެ ކޮމެޓީ އެކުލަވާލާނީ މާވަށު ކައުންސިލްއިން އެކުލަވާލާ މުބާރާތުގެ ހިންގާ ކޮމެޓީއިންނެވެ.

 (ށ) މުބާރާތުގައި މަދުވެގެން 3 ފަނޑިޔާރުން ތިބޭނެއެވެ. 

6. މުބާރާތް ކުރިއަށް ދާނެގޮތް :

މި މުބާރާތް ކުރިއަށް ދާނީ 1 ރައުންޑަށެވެ.

ބަލައިގެން ކިޔުމުގެ ބައިން ކޮންމެ ބައިވެރިއަކާ ވެސް ކުރެވޭނީ 10 ފޮޅުވަތުގެ އެއް ސުވާލެވެ.

ނުބަލައި  ކިޔުމުގެ ބައިން ކޮންމެ ބައިވެރިއަކާ ވެސް 5 ފޮޅުވަތުގެ ދެ ސުވާލުކުރެވޭނެއެވެ.

7. މުބާރާތުގައި ދިމާވާ މައްސަލަ ހުށަހެޅުން:

(ހ) މި މުބާރާތުގައި މައްސަލައެއް ދިމާވެއްޖެ ނަމަ އެކަމެއް ނިންމާނީ ފަނޑިޔާރުންގެ ކޮމިޓީންނެވެ.  

8. މުބާރާތުގެ ހޮވާ ވަނަތައް

މުބާރާތުގައި ވަނަ ހޮވާނީ ފަނޑިޔާރުންގެ އެވްރެޖް މާރކްސްގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ ފަރާތްތަކުގެ ތެރެއިންނެވެ. ވަނަޔަކަށް ހޮވޭނީ މަދުވެގެން 50 މާކުސް ނުވަތަ އެއަށްވުރެ މަތިން މާކުސް ލިބުމުންނެވެ.

  • ބަލައިގެން ކިޔެވުމުގެ ބައިން ކޮންމެ ކެޓަގަރީ އަކުން 1 ވަނަ ، 2 ވަނަ އަދި 3 ވަނަ ބައިވެރިޔާ
  • ނުބަލައި ކިޔެވުމުގެ ބައިން ކޮންމެ ކެޓަގަރީ އަކުން 1 ވަނަ ، 2 ވަނަ އަދި 3 ވަނަ ބައިވެރިޔާ
  • މުޅި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ބައިވެރިޔާ ( 2 ގޮފި ވަކިން)

މުބާރާތުގެ އެއްވެސް ވަނައަކަށް ހޮވުމުގައި އެއް ބައިވެރިއަކަށްވުރެ ގިނަ ބައިވެރިންގެ އެވްރެޖު މާރކުސް އެއްވަރުވެއްޖެނަމަ ވަނަތައް ތަރުތީބު ކުރުމުގައި:

  • ފުރަތަމަ ބަލާނީ ލަޙުނު ޖަލީގެ އެވްރެޖު އަށެވެ. މި ބައިން އެންމެ މަތިން މާރކްސް ލިބޭ ފަރާތަކަށް ކުރި ލިބޭނެއެވެ.
  • ލަޙުނު ޖަލީއަށް ލިބިފައިވާ މާރކްސް ވެސް އެއްވަރުވެއްޖެނަމަ ދެން ބަލާނީ ލަޙުނު ޚަފީގެ އެވްރެޖުއަށެވެ. މި ބައިން އެންމެ މަތިން ލިބިފައިވާ ފަރާތަކަށް ކުރި ލިބޭނެއެވެ.
  • ލަޙުނު ޚަފީގެ އެވުރެޖު ވެސް އެއްވަރުވެއްޖެނަމަ ފަޞާހާގެ ބައިގެ އެވްރެޖަށް ބަލައި އެ ބައިން އެންމެ މަތިން މާރކުސް ލިބިފައިވާ ފަރާތަކަށް ކުރި ލިބޭނެއެވެ.
  • މި ހުރިހާ ގޮތަކުންވެސް އެއްބައިވެރިއަކަށްވުރެ ގިނަ ބައިވެރިން އެއްވަރުވެއްޖެނަމަ އެ ހުރިހާ ބައިވެރިންނަށް އެ ވަނަ ލިބޭނެއެވެ.

8- މުބާރާތުގައި ކިޔެވުމާއި މާކްސް ދިނުން

މުބާރާތުގައި ނުބަލައި ކިޔަވާ ކޮންމެ ބައިވެރިއަކަށްވެސް ކުރެވޭނީ 2 ސުވާލެވެ. ސުވާލެއްގެ ދިގުމިނަކީ 5 ފޮޅުވަތެވެ. ބަލައިގެން ކިޔަވާ ކޮންމެ ބައިވެރިޔަކަށްވެސް ކުރެވޭނީ 1 ސުވާލެވެ. ސުވާލެއްގެ ދިގުމިނަކީ 10 ފޮޅުވަތެވެ. މީގެ އިތުރަށް ކިޔަވާ ކިޔެވުމަކަށް މާކްސް އެއް ނުދެވޭނެއެވެ. އަދި މާކްސް އުނިވެސް ނުކުރެވޭނެއެވެ. އެއް ސުވާލެއްގައި ގޯސްކޮށް ކިޔެވިގެން ފަނޑިޔާރުން ބެލް ޖަހާނީ 3 ފަހަރުއެވެ.  3 ވަނަ ބެލްޖެހުމާއެކު އެ ސުވާލު ކެންސަލްވާނެއެވެ.

9- ކިޔެވުމަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތް  

ބަލައިގެން ކިޔެވުން

(ހ) ލަޙުނު ޖަލީއަށް   50 މާރކްސް

(ށ) ލަޙްނު ޚަފީ     30 މާރކްސް

(ނ) އަޑާ ރާގު ( ފަސާހާ )  20 މާރކްސް 

ނުބަލާ ކިޔެވުން

(ހ) ލަޙުނު ޖަލީއަށް   60 މާރކްސް

(ށ) ލަޙްނު ޚަފީ     20 މާރކްސް

(ނ) އަޑާ ރާގު ( ފަސާހާ )  20 މާރކްސް 

10- ޤަވާޢިދުގައި ނުހިމެނޭކަމެއް ދިމާވުން:

މި ޤަވާއިދުގައި ނުހިމެނޭ ކަމެއްދިމާވެއްޖެނަމަ އެކަމެއް ނިންމާނީ ފަނޑިޔާރުންގެ ކޮމެޓީގެ މަޝްވަރާގެމަތިން މާވަށު ކައުންސިލުންނެވެ.

29 ޖެނުއަރީ 2026

  • ގަޑި 9:00 am
  • ތާރީޚް ފެބްރުއަރީ 27, 2026
  • ކެޓަގަރީ އިދާރީ ހިންގުން
  • ހިންގާ ފަރާތް މާވަށް ކައުންސިލް
  • ފޯނު ނަންބަރު 6800718
  • އީމެއިލް info@maavahcouncil.gov.mv
  • ތަން އިޖްތިމާއީ މަރުކަޒުގެ ހޯލް