ކައުންސިލް ޤުރްއާން މުބާރާތުގެ ޤަވާޢިދު 2026
މިމުބާރާތަކީ ލ.މާވަށުގެ ހުރިހާ ޢުމުރު ފުރަޔަކަށް ހުޅުވާލައިގެން ސިލްސިލާކޮށް އަހަރަކު އެއްފަހަރު ބާއްވާ ޤުރްއާން މުބާރާތެކެވެ.
މި މުބާރާތުގެ ނަމަކީ “މާވަށު ކައުންސިލްގެ ޤުރްއާން މުބާރާތް 2026 ” އެވެ.
2. މުބާރާތުގެ މަޤުޞަދު:
(ހ) މާވަށު ރައްޔިތުންނަށް ޤުރުއާނުގެ ފަންނުވެރިކަން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުން.
(ށ) ރަށުފެންވަރުގައި ޤުރްއާނަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި، ފެތުރުމަށް މަސައްކަތް ކުރުން.
(ނ) ކީރިތި ޤުރްއާން ހިތުދަސް ކުރުމާއި ތަޖުވީދުމަގަށް ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުން.
(ރ) ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރު އެޅުމާއި ޤުރުއާން ރައްކާތެރި ކުރުމަށް މަސައްކަތް ކުރުން.
3- މުބާރާތުގައި ވާދަކުރާ ކެޓަގަރީތައް:
މި މުބާރާތް ކުރިޔަށް ދާނީ ދެބަޔަކަށެވެ. އެއީ ބަލައިގެން ކިޔުމުގެ ގޮތްޕާއި ނުބަލައި ކިޔުމުގެ ގޮތްޕެވެ. ކިޔަވަންޖެހޭ މުޤައްރަރު ތިރީގައިވާ ޓޭބަލުގައި އެވަނީއެވެ.
| ކެޓަގަރީ | ބަލައިގެން ކިޔުން | ނުބަލައި ކިޔުން |
| ތުއްތު ކުދިންނަށް ޚާއްޞަ ބައި | ސޫރަތުލް ޢައުލާއިން ނާސިއަށް | ސޫރަތުއް ޟުޙާއިން ނާސިއަށް |
| 9 އަހަރުންދަށް | 2 ފޮތް | 1 ފޮތް |
| 11 އަހަރުންދަށް | 5 ފޮތް | 2 ފޮތް |
| 13 އަހަރުންދަށް | 7 ފޮތް | 3 ފޮތް |
| 16 އަހަރުންދަށް | 10 ފޮތް | 4 ފޮތް |
| 18 އަހަރުންދަށް | 15 ފޮތް | 5 ފޮތް |
| 18 އަހަރުންމަތި | 30 ފޮތް | 6 ފޮތް |
ނޯޓް: ޢުމުރު ބަލާނީ 1 ޖެނުއަރީ 2026 އަށެވެ.
4. މުބާރާތުގައި ބައިވެރިވުން:
މި މުބާރާތް އަމާޒުކޮށްފައިވަނީ މާވަށު ސުކޫލުގެ ދަރިވަރުންނާއި މާވަށުގެ ރައްޔިތުންނަށެވެ. އަދި އާންމުކޮށް މާވަށުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ޚާއްޞަ ފުރުޞަތެއް މިފަހަރު މިވަނީ ފަހިކުރެވިފައެވެ. އެގޮތުން މުބާރާތުގައި އަވަށްޓެރި ހިތަދޫ ، ކުނަހަންދޫ އަދި މާމެންދޫގެ ލޮބުވެތި ރައްޔިތުންނަށްވެސް ބައިވެރިވެވޭނެއެވެ. މުބާރާތުގައި ބައިވެރިވެރިކުރާނީ، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ކައުންސިލުން ހުޅުވާލުމުން ގޫގުލް ފޯމު މެދުވެރިކޮށެވެ.
5. މުބާރާތުގެ ފަނޑިޔާރުން :
(ހ) މި މުބާރާތުގެ ފަޑިޔާރުންގެ ކޮމެޓީ އެކުލަވާލާނީ މާވަށު ކައުންސިލްއިން އެކުލަވާލާ މުބާރާތުގެ ހިންގާ ކޮމެޓީއިންނެވެ.
(ށ) މުބާރާތުގައި މަދުވެގެން 3 ފަނޑިޔާރުން ތިބޭނެއެވެ.
6. މުބާރާތް ކުރިއަށް ދާނެގޮތް :
މި މުބާރާތް ކުރިއަށް ދާނީ 1 ރައުންޑަށެވެ.
ބަލައިގެން ކިޔުމުގެ ބައިން ކޮންމެ ބައިވެރިއަކާ ވެސް ކުރެވޭނީ 10 ފޮޅުވަތުގެ އެއް ސުވާލެވެ.
ނުބަލައި ކިޔުމުގެ ބައިން ކޮންމެ ބައިވެރިއަކާ ވެސް 5 ފޮޅުވަތުގެ ދެ ސުވާލުކުރެވޭނެއެވެ.
7. މުބާރާތުގައި ދިމާވާ މައްސަލަ ހުށަހެޅުން:
(ހ) މި މުބާރާތުގައި މައްސަލައެއް ދިމާވެއްޖެ ނަމަ އެކަމެއް ނިންމާނީ ފަނޑިޔާރުންގެ ކޮމިޓީންނެވެ.
8. މުބާރާތުގެ ހޮވާ ވަނަތައް
މުބާރާތުގައި ވަނަ ހޮވާނީ ފަނޑިޔާރުންގެ އެވްރެޖް މާރކްސްގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ ފަރާތްތަކުގެ ތެރެއިންނެވެ. ވަނަޔަކަށް ހޮވޭނީ މަދުވެގެން 50 މާކުސް ނުވަތަ އެއަށްވުރެ މަތިން މާކުސް ލިބުމުންނެވެ.
މުބާރާތުގެ އެއްވެސް ވަނައަކަށް ހޮވުމުގައި އެއް ބައިވެރިއަކަށްވުރެ ގިނަ ބައިވެރިންގެ އެވްރެޖު މާރކުސް އެއްވަރުވެއްޖެނަމަ ވަނަތައް ތަރުތީބު ކުރުމުގައި:
8- މުބާރާތުގައި ކިޔެވުމާއި މާކްސް ދިނުން
މުބާރާތުގައި ނުބަލައި ކިޔަވާ ކޮންމެ ބައިވެރިއަކަށްވެސް ކުރެވޭނީ 2 ސުވާލެވެ. ސުވާލެއްގެ ދިގުމިނަކީ 5 ފޮޅުވަތެވެ. ބަލައިގެން ކިޔަވާ ކޮންމެ ބައިވެރިޔަކަށްވެސް ކުރެވޭނީ 1 ސުވާލެވެ. ސުވާލެއްގެ ދިގުމިނަކީ 10 ފޮޅުވަތެވެ. މީގެ އިތުރަށް ކިޔަވާ ކިޔެވުމަކަށް މާކްސް އެއް ނުދެވޭނެއެވެ. އަދި މާކްސް އުނިވެސް ނުކުރެވޭނެއެވެ. އެއް ސުވާލެއްގައި ގޯސްކޮށް ކިޔެވިގެން ފަނޑިޔާރުން ބެލް ޖަހާނީ 3 ފަހަރުއެވެ. 3 ވަނަ ބެލްޖެހުމާއެކު އެ ސުވާލު ކެންސަލްވާނެއެވެ.
9- ކިޔެވުމަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތް
ބަލައިގެން ކިޔެވުން
(ހ) ލަޙުނު ޖަލީއަށް 50 މާރކްސް
(ށ) ލަޙްނު ޚަފީ 30 މާރކްސް
(ނ) އަޑާ ރާގު ( ފަސާހާ ) 20 މާރކްސް
ނުބަލާ ކިޔެވުން
(ހ) ލަޙުނު ޖަލީއަށް 60 މާރކްސް
(ށ) ލަޙްނު ޚަފީ 20 މާރކްސް
(ނ) އަޑާ ރާގު ( ފަސާހާ ) 20 މާރކްސް
10- ޤަވާޢިދުގައި ނުހިމެނޭކަމެއް ދިމާވުން:
މި ޤަވާއިދުގައި ނުހިމެނޭ ކަމެއްދިމާވެއްޖެނަމަ އެކަމެއް ނިންމާނީ ފަނޑިޔާރުންގެ ކޮމެޓީގެ މަޝްވަރާގެމަތިން މާވަށު ކައުންސިލުންނެވެ.
29 ޖެނުއަރީ 2026
ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ލ.މާވަށް، ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2014/01 މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން، ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ފަރާތުގެ މަޢުލޫމާތު ތިރީގައިމިވަނީއެވެ.
އ. ކައުންސިލް އޮފިސަރ
ފޯން:6800829
Copyright 2025 by MaavahCouncil ©